IPCC REPORT – މޫސުމީ ބަދަލާއި ދިވެހިރާއްޖެ : އައިޕީސީސީ ރިޕޯޓު ދިވެހިރާއްޖޭގެ މެޕަކަށް ނިސްބަތްވަނީ ކިހިނެއް؟

ފެންޑާ ޓޮޕިކް

އައިޕީސީސީ ރިޕޯޓު ދިވެހިރާއްޖޭގެ މެޕަކަށް ނިސްބަތްވަނީ ކިހިނެއް؟

17 އޮކްޓޯބަރ 2018 ގެ ރޭ އެމްސްޕޭސްގެ ފެންޑާގައި – މޫސުމީ ބަދަލާ ބެހޭގޮތުން އައިޕީސީސީ (އިންޓަ ގަވަންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް) އިން “ގްލޯބަލް ވޯމިންގ 1.5 ޑިގްރީ ސެލްސިއަސް” ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައިވާ މައުލޫމާތުގެ މައްޗަށް ވާހަކަ ދެއްކުމަށް އައިޝާ ނިޔާޒް އިސްނަގައިގެން ރޭވި ސެޝަނެއް ބޭއްވުނެވެ.

މިސެޝަން ފެއްޓުނީ އައިޝާ ހުށައެޅި ޕްރެސެންޓޭޝަނަކުންނެވެ. އައިޝާ އަކީ ތިމާވެށީގެ ކަންކަން މެނޭޖްކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ރޮގުން ތަޖުރިބާ ހޯދައިފައިވާ ތިމާވެށީގެ މަސައްކަތްކުރާ ފަންނީ މީހެކެވެ.

ފެންޑާގެ މި ޕޯސްޓުގައި މިހިމަނާލަނީ މިސެޝަންގެ ތެރޭގައި އުފެދުނު ބައެއް ސުވާލާއި ބަހުސް އޯޑިއޯ އާއި ހިންގުނު ޑައިލޮގްގެ ބައެއް ބައިތަކެވެ. ސެޝަން ފެއްޓުމުގެ ގޮތުން އައިޝާ ހުށައަޅައިދިން އައިޕީސީސީ ރިޕޯޓާބެހޭ ހުލާސާއެއް ބޭނުންނަމަ މިލިންކުން އެމައުލޫމާތު ލިބޭނެއެވެ.

މި ސެޝަންގައި ހިނގާދިޔަ ފޯރިގަަދަ ބަހުސްގެ ބައިތަކުގެ ބައެއް ޑައިލޮގާއި އޯޑިއޯ ތިރީގައި ހިމަނާނަމެވެ.

 

“އައިޕީސީސީ ރިޕޯޓަކީ ކީއްވެގެން ބަޔަކު ހަދާ ރިޕޯޓެއް؟ ދުނިޔެ ނިމިދާނެތީ ހަދާއެއްޗެއްތަ؟ މަށަށް ތި ރިޕޯޓު ވައްތަރީ ދުނިޔެ ކޮލޮނައިޒްކުރަން ޔޫއެންއުން ހަދައިގެން އުޅޭ ރިޕޯޓަކާ. އައިޕީސީސީ ރިޕޯޓު ހަދަންޖެހެނީ ކީއްވެގެން؟ އޭގެން ވާނީ ކޮންކަމެއް؟”

މައިގަނޑު ކަމަކީ ސައިންސުން އެބަ ދައްކާކަން މިހިރަމިހިރަ ކަންތައްތައް އެބަ ހިނގާކަން. މިކަމަށް ހައްލު ހޯދާ ޓެކްނޮލޮޖީ އެބަހުއްޓޭ. މިސާލަކަށް، ކުރިއާބަލާފަ މިހާރު ރިނިއުއަބަލް އެނަރޖީވެސް ކޮސްޓް އިފެކްޓިވް އޭ ފޮސިލް ފިއުލަށްވުރެ. ޓެކްނޮލޮޖީ އެބަހުއްޓޭ، މައުލޫމާތު އެބަހުއްޓޭ. ހަމައެކަނި ނެތީ ‘ޕޮލިޓިކަލް ވިލް’އޭ މިބިރުވެރި ހާލަތަށް ދުނިޔެ ނުދާން ބޭނުންވަނީ.

މީގަ އަދި ޕޮލިޓިކަލް ވިލްގެ ވާހަކައެއް ނާދެ.
24 އަހަރު ވާންދެން ހައްލެއް ނުހޯދި މިއޮތީވެސް ޕޮލިޓިކަލް ވިލް ނެތީމަނުން؟

ރާއްޖޭގެ މެޕެއްގައި އައިޕީސީސީ ރިޕޯޓު މެޕުވަނީ ކިހިނެއްތޯ؟

މިސާލަކަށް ރަށެއްގެ ލޭންޑް ޔޫސް ޕްލޭންގައި ރަށުގެ ވަށައިގެންލާ ހޭޅި – ކުޅުދުއްފުށީގައި މިހާރު ވަނީ މާނަނެތް އެއްޗަކަށް (އެއީ މާލޭގެ ޕްލޭނިންގ ގަވައިދު އެތަނަށް އެޕްލައި ކުރީމަ). މިވާހަކަތަކުގެ ބަދަލަށް ޔޫއެންގެ ޖާގަންގެ ވާހަކަ ދެއްކީމަ މީ ޔޫއެންގެ ކޮލޮނައިޒޭޝަން.

އުފެދޭ ފަންޑުތަކުގައި ރާއްޖޭގެ ކަރަންޓު ބިލަށް ވާގޮތް ވިސްނައިފިއްޔާ = އިންފްރާސްޓްރަކްޗަރ ގެ ވާހަކަ – ނެޓްވަރކް ގެ ވާހަކައެއް – މަރުވާނެ – ދެން އަހަރުން ރަގަޅު ކަންތައް ކޮއްގެން މަރުވީ – އަސްލު މިހާރުވެސް ރާއްޖެ ކާބަން ނިއުޓްރަލްވާނެ – އޮފްސެޓް ވާނެ – ސީގްރާސްއިން ވާނެ –

ރާއްޖެއަށް މީޓިންގތަކަށް ދާ މީހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބޭ – މައުލޫމާތު ނޭނގުން ޕޮއިންޓަކީ. އެއީ ދުނިޔާގެ ކޮންވެންޝަން. އެހެން ނޫނިއްޔާ އެހެން އެކެއް ނުވާނެ.

ރާއްޖެއަށް އެންމެ ރަގަޅު މޮޑެލަކީ ކޮބާތޯ. މިސާލަކަށް އަރބަނައިޒްޑް ސެޓިންގއެއް ނުވަތަ ވަރަށް އެފިޝެންޓް ނެޓްވަރކެއް/ ބޮލަކަށް އެންމެ އެކަށީގެންވާ ވަރު/ ވިޔަފާރިކުރެވޭ ކްރިޓިކަލް މާސް އުފެދެނީ ކޮން ތްރޭޝޮލްޑެެއްގަތޯ

މިރާއްޖޭގައި ފެންނަނީ
“ޝަންހާއީގަ ޔޫރަޕުން ހެދި މިސާލު”
ހައްލަކީ ކޮބާ؟

ސްޓްރަކްޗަރަލް ބަދަލު – މިސާލަކަށް އީޕީއޭ ޕަބްލިކް އޯވަސައިޓަކަށްވަނީ ކިހިނެއްތޯ ޑިސްކަސްނުކޮށް ތިމާވެށި ރަގަޅުކުރާނެ ގޮތުގެ ވާހަކަ ބޭކާރުވަނީ
މީހާ ގޯސްވީމަ ކަންނުވަނީޔޭ ބުނަނީ – ޕަބްލިކް އޯވަސައިޓްގެ ބޭނުމަކީ ވަކިމީހެއްގެ ރަގަޅުކަމަށް އެކަން ބަރޯސާނުވުން
ޔޫއެން އިން ތިމާވެށި ފަނޑިންގގައި ސަރުކާރާ އެއްކޮށް އޮޕަރޭޓްނުވެ ފަންޑިންގ އާ ކޮމިއުމިނިޓީ ސީދާ އެންގޭޖްވުން – މިކަހަލަ ސްޓްރަކްޗަރަލް ބަދަލެއް ގެނުވާ މެންޑޭޓެއް އުފެދުން

“އެންވަޔަރަމަންޓަލް ސައިންސުން ޕީއެޗުޑީ ހަދާފަ ހުންނަ މީހެއް އައިސް އީޕީއޭގަ މިބުނަނީ
“އެންވަޔަރަމެންޓަލް ސައިންސުން ޑިގްރީ ހަދައިގެން ހުންނަ މީހާ އައިސް ތިމަންނަ ކައިރީ މިބުނަނީ މިރުއް އެންމެ ރަގަޅުވާނީ ރިސޯޓުގަ އިންދީމައޭ – ދެން ކިހިނެއް ހަދާނީ؟”
“ރޯޑުގެ ބޭނުމަކީ ކޮންމެސް ތާކަށް ދިއުމެއްނު؟
ރިންގު ރޯޑަކީ އެއްވެސް ތާކަށް ދާއެއްޗެއް ނޫން ހަމަވަށާ އެނބުރި އެނބުރި ތިބެންވީ!”