A Pattern Language : ދިވެހިބަހުން އާކިޓެކްޗަރގެ ވާހަކަ ދައްކަން – 2

މިފޮތުގެ ނަން ދިވެހި ބަހުން ބުނަންޏާ ބުނާނީ ކިހިނެއް؟

“ޕެޓަން” އަށް ދިވެހިބަހުން ކިޔަނީ ކީކޭތޯ މީހުންކުރެ ސުވާލުކުރީމަ ޖަވާބަކަށް ލިބުނީ މިބަސްތަކެވެ:

އެމުނުން، އެތުރުން، ކުރެހުން، ސިފަ، ވައްތަރު، ގޮތް، ސޫރަ، މާދިރީ، ބައްޓަން، ހޭޑިފޭޑި، ފޭޑި، ވައްޓަފާޅި، ފާޑު، ދުޅާ، ނަމޫނާ

ވިހިވަނަ ގަރުނުގެ ކުރީކޮޅު ދުނިޔޭގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަމަށް ބާރު ސްޕީޑެއް އައެވެ. މީގެން އައި ބަދަލުތަކާއެކު ޒަމާނީ އާކިޓެކްޗަރއަށްވެސް ބަދަލާއި ކުރިއެރުން އައެވެ. މި ޕޯސްޓުގައި މިބަލާލާ ފޮތަކީ މިބުނެވުނު ބަދަލުގެތެރޭގައި ހެދުނު ގިނަ އައިކޮނިކް އިމާރާތްތަކަކުން އުފެދުނު ނުތަވަސްކަމާ ގުޅިގެން ލިޔެވުނު ފޮތެއްކަމުގައި ވެއެވެ. ނުކަތާވަރަށް ހައިބަތުބޮޑުވެ، އިންސާނާގެ ވަށައިގެން ވާމަހައުލުގެ ވަޒަންތަކާއި ހަމަތައް ފޫއަޅާ ގޮސްފައިވާ އިމާރާތްތައް ފެނި، މިކަމަށް އިތުރު ވިސްނުމެއް ހޯދުމުގެ ގޮތުން ލިޔެވިފައިވާ ފޮތެކެވެ. މޮޑަނިޒަމްއަށް ފާޑުކިޔުމުގެ ފޮތެއްވެސް މެއެވެ.

މިފޮތް މިސާލަކަށް ނަގައިގެން މިއުޅެނީ މީގައި އެކުލެވޭ އެކި ހިޔާލުތަކާއި ނަޒަތުތަކުގެ ވާހަކަ ދިވެހިބަހުން ދެއްކިދާނެތޯ ބެލުމުގެ ގޮތުންނެވެ. ފޮތާބެހޭ ދިރާސާތަކުގައި ބުނާގޮތުން މިފޮތުގައި “ޕެޓަން” އަދި “ލެންގުއޭޖް” މާނަ ކުރެވިފައިވަނީ ތިރީގައިމިވާ ގޮތަށެވެ.

 

Nature of “a pattern language”:

Ontological: Ontology (introduced in 1606) is the philosophical study of the nature of being, becoming, existence, or reality, as well as the basic categories of being and their relations.

Epistemological: relating to the theory of knowledge, especially with regard to its methods, validity, and scope, and the distinction between justified belief and opinion.

Pattern:
chunk of information consisting of: problem/context/solution/discussion

Language:
the way patterns are related to each other and used in conjunction with each other (as words are in spoken or written language)

 

ވީމާ، ފޮތުގެ ބަނޑޭރިގަނޑުގައި ނަމަކަށް އޮތް ‘އަ ޕެޓަން ލެންގުއެޖް’ އަކީ އެއްޗެއް އޭގެ ޒާތުގައި އުފެދި، އެތުރި، ކޮންމެވެސް ހަމައަކަށް ނުވަތަ ބައްޓަމަކަށް ފެތުރޭގޮތް ބަލައިގަތުމުގައި ބޭނުންކުރެވޭ ބަހުރުވައޭ ބުނެވިދާނެހެވެ؟ މިނޫނަސް ބުނެވިދާނެގޮތް އިނގޭ މީހަކު މިކަމާ ހިޔާލެއް ފޮނުވާލައިފިއްޔާ ރަގަޅެވެ.

‘އަ ޕެޓަން ލެންގުއެޖް’ އަކީ މިނަޒަރުން ނެރުވުނު ސިލްސިލާ 3 ފޮތުގެ ތެރެއިން 2 ވަނަ ފޮތެވެ. މީގައިވާ ނަޒަރިއްޔާތު ބިނާވަނީ މައިގަނޑު ވިސްނުމެއްގެ މައްޗަށެވެ.

އެއީ ސަގާފީ އަދީ މާދަރީގޮތުން އުފެއްދިފައިވާ ތަންތަން ނުވަތަ ބިނާތައް ހެދިފައިވަނީ ދިރިއުޅޭ މާހައުލަށް ނިސްބަތްކޮށް، އަމިއްލައަށް ވަޒަންކުރެވޭ ހަމަތަކަށާއި، ބުއްދިއަށް ނުވިސްނުނަސް ހައްޓަށް ވިސްނިފައިވާ ހަމަތަކަށް ވިސްނައިގެން ކަމަށެވެ. މާދަރީގޮތުން ތަނެއްގައި އުފެދިފައިވާ ޕެޓަންތަކުގެ ބަހުރުވައެއް އެކުލެވިގެންނެވެ.

“ޕެޓަން” އާމެދު މިފޮތުގައި ބުނަނީ:

 

 

ކުރުކޮށް ބުނާނަމަ، އެއްވެސް ޕެޓަންއަކީ އޭގެ ޒާތުގައި އެކަހެރި އެއްޗެއްނޫނެވެ. ކޮންމެ ޕެޓަނެއްމެ ދުނިޔޭގެ ވުޖޫދުގައިވަނީ އެއާގުޅުންހުރި އެހެން ޕެޓަންތަކުން އެއަށް އެއްބާރުލުންދޭ މިންވަރަކަށް އެކަންޏެވެ: އެއީ، އެޕެޓަނެއް ނިސްބަތްވާ އެއަށްވުރެ ބޮޑު ޕެޓަންތަކާއި، އެޕެޓަނާ އެއްވަރުގެ، އޭގެ ވަށައިގެންވާ އެހެން ޕެޓަންތަކާއި، މި ފެޓަންތަކުގެ ތެރޭގައި އެކުލެވޭ އެއަށްވުރެ ކުދި ޕެޓަންތަކުގެ ބައެއްގެ ގޮތުގައެވެ.
މިއީ ދުނިޔެ ދެކޭ އަސާސީ ހަމައެކެވެ. މީގައި މިބުނަނީ، އެއްޗެއް ބިނާކުރާއިރު ބިނާކުރެވޭނީ ހަމައެކަނި އެއްއެއްޗެއް ނޫންކަމެވެ. އޭގެ ވަށައިގެންވާ އަދި އޭގެ އެތެރޭގައިވާ ދުނިޔެވެސް އެއާއެކު މަރާމާތްކުރަން ޖެހެއެވެ. އެއީ އޭގެ ސަބަބުން އެ އެތި ނިސްބަތްވާ ބޮޑު ދުނިޔެއާ، އިމާރާްތްކުރެވުނު އެއްޗާ އިތުރަށް ލާމެހި، މާ ފުރިހަމަވެއެވެ. އަދި އެ އިމާރާތްކުރެވުނު އެތި ހަދަމުން ދާވަރަކަށް އޭގެ ގުދުރަތީ ނިޒާމުގައި އެއަށް ޖާގަ ހޯދެމުން ދެއެވެ.

 

މިސިލްސިސާގެ ދެން އަންނަ ޕޯސްޓެއްގައި ފޮތުގެތެރެއިން އަހަރެމެން ފުރަތަމަ ބަލާލާނީ ޓައުނެއް ނުވަތަ ޖަމާއަތެއްގެ ސިފަތަކުގެ މައްޗައް ވާހަކަދައްކާ ޕެޓަން ބަހުރުވައަށެވެ. މީގައި ބުނާގޮތުން މިފަދަ ތަންތަނަކީ އެއްބޮޑިން ހަދާލެވޭ ނުވަތަ ފަރުމާކުރެވޭ ތަންތަނެއް ނޫނެވެ. މިއީ އެތައް ވައްތަރެއްގެ ބައްޓަންތަކެއް ނުވަތަ ޕެޓަންތަކެއް އެކުވެ ލާމެހިގެން އުފެދޭ ޖަމާއަތްތަކެވެ. މިސާލަކަށް، ޓައުނެއްގައިވާ ގެއެއްގައިވާ ފެންޑާއެއްގައި އެކުލެވޭ ޕެޓަންތަކަށް ބަލައިފިއްޔާ، އޭގައި އެކުލެވޭ އެތައް ކަންކަމަކީ އެހެން އެތައް މާހައުލެއްގައިވެސް ހިމެނޭ ޕެޓަންތަކެކެވެ.

 

މިޕޯސްޓުގައި ވާހަކަދައްކަން މިފެއްޓުނީ ‘އަ ޕެޓަން ލެންގުއެޖް’ ފޮތާބެހޭ ތައާރަފަކުންނެވެ. ދެން އަންނަ ޕޯސްޓެއްގައި ދާނީ ޓައުނެއް ހެދޭގޮތާ ބެހޭގޮތުން މިފޮތުގައި ދެކެވިފައިވާ ވާހަކައަށެވެ.